logo
banner image

ކގައި ބޭއްވި "ހަފްތާ ރެސް" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމް ކ އަތޮޅުގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ކ.ގެ އަތޮޅުން ދިއްފުށި، ހުރާ، ތުލުސްދޫ އަދި ހިންމަފުށިން މި ޕްރޮގްރާމުގައި ވަނީ ބައިވެރިވެފައިވެއެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މި މިނިސްޓްރީ އާއި އެން.ސީ.ޓީ.ސީ ގުޅިގެން މިއަހަރު ހިންގި " ހަފުތާރެސް" ގެ ދެވަނަ ޕްރޮގްރާމެވެ.

މިއަހަރު ފުރަތަމަ "ހަފްތާ ރެސް" ބާއްވާފައިވަނި އދ އަތޮޅުގައެވެ. މިދިޔަ އަހަރު "ހަފްތާ ރެސް"ގެ ތިން ޕްރޮގުރާމެއް ވަނީ ބާއްވާފައެވެ.

މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ އަތޮޅުގައެވެ. އަދި ތިން ވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ގދގައެވެ.