ސެޕްޓެންބަރު 01 ވަނަ ދުވަހުން 06 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރު
2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 01 ވަނަ ދުވަހުން 06 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.
މިގޮތުން 01 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ 09:00 އިން 10:00 އަދި 10:00 އިން 11:00 އަށް އިސްރަށްވެހިންނަށް ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، "ޒަމާނީ މުއާސަލާތީ ވަސީލަތްތަކަށް އަހުލުވެރި އިސްރަށްވެހިން" މި ނަމުގައި އެދުވަހުގެ 16:15 އިން 18:00 އަށް ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ.
02 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ 09:00 އިން 10:00 އަދި 10:00 އިން 11:00 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި 16:15 އިން 18:00 އަށް އިސްރަށްވެހިންނަށް ޚާއްސަ އާޓް ކުލާހެއް ކުރިއަށްދާނެއެވެ.
03 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 09:00 އިން 10:00 އަދި 10:00 އިން 11:00 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. އަދި މިދުވަހުގެ 16:15 އިން 17:15 އަށް އަށް ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، މި ދުވަހުގެ 17:15 އިން 18:00 އަށް ނާދީ މެންބަރުންގެ ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ.
ހަމައެހެންމެ، 05 ސެޕްޓެންބަރު ވާ ހުކުރު ދުވަހުގެ ހެނދުނު 06:00 އިން 08:00 އަށް މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ 16:15 އިން 18:00 އަށް އަލްޒައިމާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮގްނިޓިވް ސްޓިމިއުލޭޝަން އެކްޓިވިޓީ އާއި ގުޅޭ ޚާއްސަ ސެޝަނެއް އޮންނާނެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން ހުޅުމާލެ އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.