logo
banner image

ސެޕްޓެންބަރު 01 ވަނަ ދުވަހުން 03 ވަނަ ދުވަހުގެ ނިޔަލަށް މާލެ އިސްރަށްވެހިންގެ ނާދީގެ ހަފްތާ ކަލަންޑަރު

2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 01 ވަނަ ދުވަހުން 03 ވަނަ ދުވަހުގެ ނިޔަލަށް މާލެ އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މިގޮތުން 01 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ 16:00 އިން 18:00 އަށް އިސްރަށްވެހިންގެ ނާދީގައި އަލްޒައިމާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ކޮގްނިޓިވް ސްޓިމިއުލލޭޝަން އެކްޓިވިޓީ އާއި ގުޅޭ ސެޝަނެއް އޮންނާނެއެވެ.

02 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ 14:00 އިން 16:00 އަށް ހޭންޑިކްރާފްޓް ކުލާސް ކުރިއަށް ގެންދެވޭނެއެވެ. އަދި އެދުވަހުގެ 16:30 އިން 17:45 އަށް ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، 03 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 14:00 އިން 16:00 އަށް ހޭންޑިކްރާފްޓް ކުލާސް ކުރިއަށް ގެންދެވޭނެއެވެ. ހަމައެހެންމެ، މިދުވަހުގެ 16:00 އިން 17:30 އަށް އައިޖީއެމްއެޗް ފިޒިއޯ ޑިޕާޓްމަންޓް އިން އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ކަސްރަތު ކުލާސް އޮންނާނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.