ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން (2025-2045)ގައި ހިމެނޭ މިނިސްޓްރީއާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ތައްޔާރުކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން (2025-2045) އަށް، މި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުގެ ޕްލޭންތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް މިއަދު ބޭއްވުނު ޚާއްސަ ބައްދަލުވުމެއްގައި ވަނީ ހިއްސާކޮށްފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އަމާޒުތައް ކަނޑައެޅުމަށް މުހިންމު ފިޔަވަޅެކެވެ.
ޓްރާންސްްޕޯޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީއާއި ގުޅުންހުރި މުއައްސަސާތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، 2025 ވަނަ އަހަރުން ފެށިގެން 2045 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ތަރައްޤީގެ ދިގު މުއްދަތުގެ ޕްލޭން އެކުލަވާލުމަށްޓަކައި، ކަމާބެހޭ ހުރިހާ ދާއިރާއެއްގެ މައުލޫމާތާއި ވިސްނުން އެއްކޮށް، އެކުލަވާލެވޭ ޕްލޭން ހުރިހާ ގޮތަކުންވެސް ފުރިހަމަ ކުރުމެވެ.