ޓްރާންސްޕޯޓް މިނިސްޓްރީއާއި ގދ. އަތޮޅު ކައުންސިލާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ގދ. އަތޮޅުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ގދ. އަތޮޅު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ.
މި ބައްދަލުވުމުގައި ގދ.އަތޮޅު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ގދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާތަކުގެ ތެރެއިން އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިތައް ހައްލުކޮށް، ފަހިގޮތްތައް ފަހިކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.