"އިހުސާސްތައް ބަޔާންކުރުން" މި ނަމުގައި އިސްރަށްވެހިންނަށް ޙާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ހުޅުމާލެ ނާދީ ގުޅިގެން "އިހުސާސްތައް ބަޔާންކުރުން" މި ނަމުގައި ޙާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންގައި އެކި ހަރަކާތްތަކުގެ ތެރެއިން އަލިއަޅުވައިލެވިފައިވަނީ މުޢާމަލާތްކުރުމުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައިވެސް އެކަކު އަނެކާއާއި އޮންނަގުޅުން ހީނަރުވިޔަ ނުދީ ކުރިއަށް ގެންދެވިދާނެ ގޮތްތަކުގެ މައްޗަށެވެ. މި ސެޝަނަކީ އިސްރަށްވެހިންގެ ނާދީ އާއި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ގުޅިގެން، ސިލްސިލާ ގޮތެއްގައި ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ.
ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި އިސްރަށްވެހިންގެ 25 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން ހުޅުމާލެ އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.
=