logo
banner image
ދިފާޢީ ވުޒާރާ

ސަލާހުއްދީން ސްކޫލުގެ ސްޓަރއާއި ލިޓްލް މެއިޑުންނަށް ފަޔަރ އެވެއަރނެސް އަދި ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓާއި އެމްއެންޑީއެފް މެޑިކަލް ކޯރ ގުޅިގެން، ސަލާހުއްދީން ސްކޫލުގެ ސްޓަރއާއި ލިޓްލް މެއިޑުންނަށް ފަޔަރ އެވެއަރނެސް އަދި ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

އޮގަސްޓު 30ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި އެ ސްކޫލުގެ ސްޓަރއާއި ލިޓްލް މެއިޑަށް ނިސްބަތްވާ 138 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އެ ކުދިންނާ ގުޅޭގޮތަށް ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ފަސްޓް އެއިޑް ސެޝަންގައި ފަސްޓް އެއިޑްގެ އަސާސީ މަޢުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ފަޔަރފައިޓަރުންނާއި، އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.