އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 16 ވަނަ މާއްދާ
16. ތަރައްޤީކުރުމުގެ ހުއްދަ
(ހ) އަރބަން ސަރަޙައްދެއް ނުވަތަ އެ ސަރަޙައްދުގެ ވަކި ޒޯނެއް ނުވަތަ ބައެއް ތަރައްޤީކުރެވޭނީ، މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އަރބަން ސަރަޙައްދު ތަރައްޤީކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، އެ ހުއްދަ ލިބުމަށްފަހުގައެވެ.
(ށ) އަރބަން ސަރަޙައްދެއް ތަރައްޤީކުރުމުގެ ހުއްދައަށް އެދި އެ ސަރަޙައްދު ތަރައްޤީކުރާ ފަރާތްތަކުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.