logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 15 ވަނަ މާއްދާ

15. ތަރައްޤީކުރާ ފަރާތް

(ހ) އަރބަން ސަރަޙައްދުތައް ތަރައްޤީކުރާނީ އެ ސަރަޙައްދުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ކަނޑައަޅާ ފަރާތުންނެވެ.

(ށ) އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމަށް ސަރުކާރުން ޙަވާލުކުރާ ފަރާތުން އެ ސަރަޙައްދުގައި ކުރުމަށް ރާވާފައިވާ ތަރައްޤީގެ ޢަމަލީ މަސައްކަތްތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވަކި ފަރާތަކާ ނުވަތަ ފަރާތްތަކަކާ ޙަވާލުކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.