logo
banner image
ދިފާޢީ ވުޒާރާ

ރަސްމާދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ނޫރައްދީން ލޯންޗަށް ޒިޔާރަތްކޮށްފި

ރ. ރަސްމާދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ނޫރައްދީން ލޯންޗަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި އެ ސްކޫލުގެ ޖުމްލަ 131 ދަރިވަރުން ބައިވެރިވިއެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަޢުލޫމާތާއި، ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް ސާމާނާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޣާޒީގައި މަސައްކަތްކުރާ ސިފައިންނެވެ.