މުޙިއްޔުއްދީން ސުކޫލުގެ ދަރިވަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަށް ޒިޔާރަތްކޮށްފި
ވިލިމާލޭ މުޙިއްޔުއްދީން ސުކޫލުގެ ދަރިވަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ 49 ދަރިވަރުން ކުރި ޒިޔާރަތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުން ވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން އެ ކުދިންނާ ގުޅޭގޮތަށް ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
ވިލިމާލޭ މުޙިއްޔުއްދީން ސުކޫލުގެ ދަރިވަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލަށް ކުރި މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.