އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 13 ވަނަ މާއްދާ
13. ޒޯނިންގ މެޕް
(ހ) މި ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އިންތަކާއި، އެ ސަރަޙައްދުތަކުގެ ޒޯންތަކުގެ އިންތައް ސާފުކޮށް ކަނޑައަޅާފައިވާ، އަދި އެ ސަރަޙައްދުތަކާއި ޒޯންތަކުގެ ގިންތިތައް ބަޔާންކުރާ ޒޯނިންގ މެޕެއް އޮތޯރިޓީން އެކުލަވާލައި ޢާންމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒޯނިންގ މެޕް، އެ ސަރަޙައްދެއްގެ ބިނާވެއްޓަށް އަންނަ ބަދަލުތަކާއި، އެނޫންވެސް ބަދަލުވަމުންދާ ކަންކަމާއި ޙާލަތަށް ރިޢާޔަތްކޮށް، އޮތޯރިޓީން އަދާހަމަކޮށް، ބަލަހައްޓައި، ޢާންމުކުރަންވާނެއެވެ.