logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 12 ވަނަ މާއްދާ

12. ޒޯންތަކުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުން

މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އަރބަން ސަރަޙައްދުގެ ތެރޭގައި ހިމެނޭ ބިންތައް ވަކިވަކި ޒޯންތަކަށް ކަނޑައެޅުމުގައި، އެ ޒޯންތައް ބޭނުންކުރުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.

(ހ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ އަސާސީ މަޤްޞަދާއި ސިފަ ބަޔާންކުރުން؛

(ށ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ ޝަރުޠުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެކަންކަމަކީ އެ ޒޯނެއްގެ އަސާސީ މަޤްޞަދުތަކާ އެއްގޮތްވާ ކަންކަން ކަމުގައި ކަށަވަރުކުރުން؛

(ނ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ އަސާސީ މަޤްޞަދުތަކާ ނުގުޅޭ ތަރައްޤީއާއި، ނޭދެވޭ ތަރައްޤީގެ އެއްވެސް މަސައްކަތެއް އެ ޒޯނެއްގެ ބިމުގައި ކުރުން މަނާކުރުން