logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށް ވަޑައިގެންފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގައި ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ށ. އަތޮޅު ކައުންސިލުން ދެއްވި ދަޢުވަތާ ގުޅިގެން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީއާއި، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޢާރިފު ބައިވެރިވެވަޑައިގެންނެވިއެވެ.