logo
banner image

މުލަކަތޮޅުގެ ދަތުރުފަތުރުގެ ދަތިތައް ޙައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި މުލަކަތޮޅު ކައުންސިލް މަޝްވަރާކޮށްފި

މުލަކަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ޙައްލެއް ހޯދުމުގެ މަޤްސަދުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މުލަކަތޮޅުގެ ކައުންސިލާއި ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، މުލަކަތޮޅުގައި އެމް.ޓީ.ސީ.ސީން ދެމުން އައި ލަކުޑިފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީ އާއި، އެއްގަމު އަދި ކަނޑުގެ ދަތުރުފަތުރާއި ގުޅިގެން ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށްޓަކައެވެ. މުލަކަތޮޅަކީ އަތޮޅުތެރޭގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އަތޮޅެއް ކަމުން، ފެރީގެ ޚިދުމަތް ހުއްޓާލުމާ ގުޅިގެން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކައުންސިލްތަކުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި މުލަކަތޮޅު ކައުންސިލްގެ ރައީސާއި، އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، މުލަކު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓްރީގެ ފަރާތުންވެސް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްވަރާތަކުގައި، މިހާރު ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނެ ކަންކަމާއި، ރައްޔިތުންނަށް އިތުރަށް ފަސޭހަވާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، ދަތުރުފަތުރުގެ ދާއިރާއިން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރާއި ދެމެދު ގާތް ގުޅުމެއް ބަދަހިވެ، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދާނެއެވެ.