ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އޮފީސް ފެންވަރުގައި ފާހަގަކުރެއްވުމަށް ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވެވި އިޙްތިފާލު ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި.
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އޮފީސް ފެންވަރުގައި ފާހަގަކުރެއްވުމަށް ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވެވި އިޙްތިފާލު ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވުނު މި އިޙުތިފާލަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޞިއްޙަތާބެހޭ ވަޒީރު ޢަބުދުﷲ ނާޡިމް އިބްރާހީމާއި އެވުޒާރާގެ އިސްވެރިންނެވެ.
ދިވެހި ޤައުމިއްޔަތު އިއާދަކުރެއްވުމަކީ އަދުގެރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވަވާކަމެއްކަމަށާއި ޞިއްޙީ ވުޒާރާއިން ޤައުމީދުވަސް ފާޙަގަކުރުމަށް މި ފަދަ އިޙުތިފާލެއް ބޭއްވެވީތީ އުފާފުޅުކުރައްވާކަމަށް ބަހާބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް މި އަހަރުގެ ޤައުމީދުވަސް ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބެއްވުނު ހަރަކާތް ތަކުގައި ޞިއްޙަތަބެހޭ ވުޒާރާއިން ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ ވުޒަރާގެ ވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޞިއްޙަތާބެހޭ ވަޒީރު އެ ވުޒާރާއިން ދެއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި، އެ އިޙްތިފާލް ޝަރަފުވެރި ކޮށްދެއްވެވީތީ ވަޒީރު އާދަމް ނަޞީރަށް ޝުކުރު އަދާކުރެއްވިއެވެ.
މި އިޙުތިފާލުގައި ޞިއްޙީ ވުޒާރާގެ މުވައްޒަފުން ވަނީ ޤައުމީ ދުވަހާ ގުޅޭ ބައެއް ޙަރާކާތްތައް ހުށަހަޅުއްވާދެއްވާފައެވެ.