logo
banner image
ދިފާޢީ ވުޒާރާ

އެފް.އާރ.ްއެސް.އިން ވަރު ބައި އެޓްމޮސްފިއަރ ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަރު ބައި އެޓްމޮސްފިއަރ ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރުޓީއެސް)ގައި އޮގަސްޓު 23އިން 26ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި އެ ރިސޯޓުން 9 މުވައްޒަފުން ބައިވެރިވިއެވެ.

މި ކޯހުގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހިމެނެއެވެ.

މި ކޯހުގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.