މުހިއްޔުއްދީން ސުކޫލު ލިޓްލް މެއިޑުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފި
ވިލިމާލޭ މުޙިއްޔުއްދީން ސުކޫލުގެ ލިޓްލް މެއިޑުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުން، ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގެ ފަޔަރފައިޓަރުން ކިޔަވައިދިން މި ކުލާހުގައި، އެ ސްކޫލުގެ 35 ލިޓްލް މެއިޑުން ބައިވެރިވިއެވެ.