logo
banner image

ހދ. ކުޅުދުއްފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ހދ.ކުޅުދުއްފުށީގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި، ކުޅުދުއްފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ މަޝްރޫއުގެ މައިގަނޑު މަގުސަދެކެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

މި ހަފްލާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުޙަތް މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ކުޅުދުއްފުށީގެ ތަރައްޤީއަށް މިފަދަ މަޝްރޫޢުތައް ހިންގުމަކީ، އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށްޓަކައި މުހިންމު ކަމެއްކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.