logo
banner image
ޞިއްޙީ ވުޒާރާ

ތަޙްޤީޤު ކޮމިޓީން ބަލާ މައްސަލަތަކާމެދު ގޮތެއް ނިންމުން

ތަޙްޤީޤު ކޮމިޓީން ބަލާ މައްސަލަތަކާމެދު ގޮތެއް ނިންމުން

70.

(ހ)ތަޙްޤީޤު ކޮމިޓީން މައްސަލަ ބަލައި ނިމުމަށްފަހު، ކައުންސިލަށް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކައުންސިލަށް ޢަމަލުކުރެވިދާނެއެވެ.

(1)ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކޮމިޓީއަށް ފެންނަގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތަށް ތާއީދުކޮށް، މައްސަލަ ނިންމުން؛ ނުވަތަ

(2)ކޮމިޓީއަށް ފެންނަގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތް، މައްސަލައިގައި ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކުރާއިރު ކައުންސިލަށް ޤަބޫލުނުކުރެވޭނަމަ، އެ މައްސަލައިގައި ޢަމަލުކުރުމަށް ކައުންސިލަށް ފެންނަ ވަކި ގޮތެއް ކަނޑައެޅުން؛ ނުވަތަ

(3)ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ކޮމިޓީން ފުރިހަމަކުރަންޖެހޭ އިޖުރާއާތެއް ފުރިހަމަކޮށްފައިނުވާތީ، އަލުން މައްސަލަ ބެލުމަށް އެ ކޮމިޓީއަށް ފޮނުވުން؛ ނުވަތަ

(4)ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ކޮމިޓީން ފުރިހަމަކުރަންޖެހޭ އިޖުރާއާތެއް ފުރިހަމަކޮށްފައިނުވާތީ، އަލުން މައްސަލަ ބެލުމަށްޓަކައި އަލުން ކޮމިޓީއެއް އެކުލަވާލުން.

(ށ)މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުން ޢަމަލުކުރަންވާނީ، އެފަދައިން ޢަމަލުކުރުމަށް ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންނަށް ފެނިއްޖެނަމައެވެ.