މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދިނުން
68.ކައުންސިލަކުން ނުވަތަ ތަޙްޤީޤު ކޮމިޓީއަކުން ތަޙްޤީޤުކުރާ މައްސަލައެއް ނިންމަންވާނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް އޭނާގެ ދިފާޢުގައި ވާހަކަދައްކައި، އެކަމުގައި އޭނާ ޢަމަލުކުރި ގޮތްކަމަށް އޭނާ ބުނާ ގޮތެއް ބަޔާންކޮށްދިނުމުގެ ފުރުޞަތު އޭނާއަށް ދިނުމަށްފަހުގައެވެ.
މައްސަލަ ބެލުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލު
69.ކައުންސިލަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް ކައުންސިލުން ނުވަތަ ތަޙްޤީޤު ކޮމިޓީން ކުރަންވާނީ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ތަޙްޤީޤެކެވެ. އެގޮތުން، މައްސަލައަކާ ގުޅޭގޮތުންވެސް އަންނަނިވި މައިގަނޑު ކަންކަން ފުރިހަމަވޭތޯ ތަޙްޤީޤު ކޮމިޓީން އަދި ކައުންސިލުން ބަލަންވާނެއެވެ.
(ހ)ހުށަހެޅިފައިވާ މައްސަލައިގެ ފުރިހަމަ މަޢުލޫމާތު މައްސަލަ ނިސްބަތްވާ ފަރާތަށް ލިބިދިނުމާއި، މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުޞަތު އެފަރާތަށް ލިބިދިނުން؛
(ށ)މައްސަލައާގުޅޭ އެންމެހައި މަޢުލޫމާތަކާއި ލިޔެކިޔުން ހޯދުން؛
(ނ)މައްސަލަ ނިސްބަތްވާ ފަރާތް މަސައްކަތްކުރާ ތަނުން ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކުރުން؛
(ރ)ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާއަކުން ހޯދަންޖެހޭ މަޢުލޫމާތެއްވާނަމަ އެ މަޢުލޫމާތެއް ހޯދުން.