logo
banner image
ޞިއްޙީ ވުޒާރާ

މައްސަލަ ބެލުމުގައި ލިބިދޭ ބާރުތައް

މައްސަލަ ބެލުމުގައި ލިބިދޭ ބާރުތައް

67.

(ހ)ކައުންސިލްތަކުން ނުވަތަ އެ ކައުންސިލެއްގެ ތަޙްޤީޤު ކޮމިޓީއަކުން މައްސަލަ ބެލުމުގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު އެ ކައުންސިލަކަށް ނުވަތަ ތަޙްޤީޤު ކޮމިޓީއަކަށް ލިބިގެންވެއެވެ.

(1)މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި މައްސަލަ ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް ހާޒިރުކުރުމާއި، ބަޔާންނެގުން؛

(2)މައްސަލައާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ހާޒިރުކުރުމާއި، އެފަރާތްތަކުގެ ބަޔާން ނެގުން؛

(3)މައްސަލައާ ގުޅުންހުރިކަމަށް ކައުންސިލަށް ފެންނަ ލިޔެކިޔުންތައް ބެލުމާއި ހޯދުން؛

(4)ވަކިކަމަކާ ގުޅޭގޮތުން ޚާއްޞަ މަޢުލޫމާތެއް ދެވިދާނެކަމަށް ފެންނަ ފަރާތްތަކުން، އެ މަޢުލޫމާތެއް ލިޔުމަކުން ދިނުމަށް އެންގުން؛

(5)މައްސަލައިގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މައްސަލަ ބަލައި ނިމެންދެން ވަގުތީގޮތުން އެމީހެއްގެ ލައިސަންސް ހިފެހެއްޓުން؛ މައްސަލަ ބަލަނީ ތަޙްޤީޤު ކޮމިޓީއަކުންނަމަ، މައްސަލަ ނިމެންދެން ވަގުތީގޮތުން އެމީހެއްގެ ލައިސަންސް ހިފެހެއްޓުމަށް ކައުންސިލަށް ހުށަހެޅުން؛

(6)މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކައުންސިލަށް ލިބިދޭ ކަމަށް މި ޤާނޫގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކޮންމެ ބާރެއްގެ ބޭނުން ހިފުން.

(ށ)އެއްވެސް މައްސަލައަކާ ގުޅިގެން ނުވަތަ މައްސަލައެއް ތަޙްޤީޤުކުރުމުގެ ތެރޭގައި ކައުންސިލަކަށް ނުވަތަ އެ ކައުންސިލެއްގެ ތަޙްޤީޤު ކޮމިޓީއަށް އެނގޭ ނުވަތަ ލިބޭ މަޢުލޫމާތަކީ ޢާންމު މަޞްލަޙަތު ގެއްލިދާނެފަދަ މަޢުލޫމާތެއްކަމަށް ކައުންސިލަށް ފެނިއްޖެ ހިނދެއްގައި، އެފަދަ މަޢުލޫމާތެއް ޢާންމުކޮށް ޝާއިޢުކުރުން މަނާކުރުމުގެ އިޚްތިޔާރު އެ ކައުންސިލަކަށް ލިބިގެންވެއެވެ.

(ނ)

މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ކައުންސިލުން ނުވަތަ ކައުންސިލްގެ ތަޙްޤީޤު ކޮމިޓީއަކުން މައްސަލަ ބެލުމުގައި މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ބާރުތައް، އެކްސްޕަރޓުންގެ ޕެނަލްތަކަށްވެސް އެ ޕެނަލްތަކުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ލިބިގެންވެއެވެ.