އެކްސްޕަރޓުންގެ ޕެނަލް އެކުލަވާލުން
66.
(ހ)ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ވަކި ބާވަތެއްގެ މައްސަލަތަކެއް ބެލުމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ކައުންސިލަކަށްވެސް އެކްސްޕަރޓުންގެ ޕެނަލް އެކުލަވާލެވިދާނެއެވެ.
(ށ)މި މާއްދާގެ (ހ) ގައި ޙަވާލާދޭފަދަ އެކްސްޕަރޓުންގެ ޕެނަލްތައް އެކުލަވާލާނެ ގޮތާއި، އެފަދަ ޕެނަލްތަކަށް މައްސަލަ ހުށަހަޅާނެ ގޮތާއި، އެފަދަ ޕެނަލްތަކުން މައްސަލަ ބަލާނެ ގޮތާއި އެނޫންވެސް ކަމާގުޅޭ ތަފްޞީލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.