logo
banner image
ޞިއްޙީ ވުޒާރާ

ތަޙްޤީޤު ކޮމިޓީ އެކުލަވާލުން

ތަޙްޤީޤު ކޮމިޓީ އެކުލަވާލުން

65.

(ހ)ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ކައުންސިލަކަށްވެސް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިދާނެއެވެ.

(ށ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަޙްޤީޤު ކޮމިޓީ، ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލުމަށް ނުވަތަ ވަގުތީ ކޮމިޓީތަކެއްގެ ގޮތުގައި އެކުލަވާލުމަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.

(ނ)ކައުންސިލްގެ މެންބަރުން ފިޔަވައި އިތުރު މީހުން ތަޙްޤީޤު ކޮމިޓީއަށް ޢައްޔަންކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.