logo
banner image
ޞިއްޙީ ވުޒާރާ

ކައުންސިލްތަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

ކައުންސިލްތަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

63.

(ހ)މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކައުންސިލެއްގެ ދާއިރާގައި ހިމެނޭ ފަންނީ މަސައްކަތްތެރިއަކާ ގުޅޭގޮތުން އެ ކައުންސިލަކަށް މައްސަލައެއް ހުށަހެޅޭނީ، އެކަމެއް ހިނގި ތާރީޚުން ފެށިގެން މީލާދީ ގޮތުން 12 (ބާރަ) މަސްދުވަސް ފާއިތުވެފައި ނުވާނަމައެވެ.

(ށ)މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކައުންސިލަކަށް ހުށަހެޅޭ މައްސަލައަކީ، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލާއިރު ކޮންމެހެން ބަލަންޖެހޭ މައްސަލައެއްކަމަށް އެ ކައުންސިލެއްގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެ މައްސަލައެއް އެ ކައުންސިލަކުން ބެލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.