ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުމުންދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމެއެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ އަގަކީ 27,262,552.40ރ.އެވެ.