އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް އެމްޓީސީސީ އާއިއެކު މަޝްވަރާކޮށްފި
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާާރާއިން ވަނީ އެމްޓީސީސީއާ ބައްދަލުކުރައްވައިފައި.
މި ބައްދަލުވުމުގައި އެމްޓީސީސީއިން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ.
އެމްޓީސީސީން ފާހަގަކުރީ މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާކަމަށް. ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، މި ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް، ތިބިކަމަށް.
މީގެ އިތުރުން އެމްޓީސީސީއިން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި، އެ ތަފްޞީލުތައް މިވުޒާރާއާއި ހިއްސާކުރާން ކަމަށް. އަދި މިވުޒާރާއިން މި ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު މި މަޢުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް މި ވުޒާރާއިން އެކި، ފަރާތްކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން.