logo
banner image

ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އެމް.އެން.އެސް.ޑީ.އޭ އިން ކުރާ މަސައްކަތްތަކުގެ ތެރެއިން

ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމުގެ މަސައްކަތްތަކަށް ހުނަރުވެރި މީހުން ބިނާކުރުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ "ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުން"، "ފޭލި ވިޔުން"، "ކަސަބު ގެތުން"، "ލިޔެލާ ޖެހުން"، "މާވަޑިކަން"، "ސާންތި ވިޔުން"، "ތިލޭރުކަން"، "ތުނޑުކުނާ ވިޔުން" ފަދަ ދާއިރާތަކުން ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑާއި، ނޭޝަނަލް ކަރިކިއުލަމް، ލޮގްފޮތް، ލާނިންގ މެޓީރިއަލްސް އަދި އެސެސްމެންޓް ރިސޯސްފޮތް އެކުލަވާލުމަށް ކޮންސަލްޓަންސީ ދެއްވާ އިންސްޓިޓިއުޓެއް ނުވަތަ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މި މަސައްކަތަށްޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުން ކުރިއަށްގެންދާނީ 03 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އާއި 13:00 އާއި ދެމެދު އިޢުލާނުގައި ބަޔާންކުރެވިފައިވާ ގަޑިތަކުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)، އުމަރު ޒާހިރު އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާގައެވެ.