logo
banner image
ޞިއްޙީ ވުޒާރާ

ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ.ނޮޅިވަރަންފަރު ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންނާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެއެވެ. އަދި ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 11,478,896.88 ރުފިޔާއެވެ.

މިޕްރޮޖެކްޓުގެ ދަށުން ނާސް ސްޓޭޝަނެއް ހިމެނޭގޮތަށް، ވޯޑް، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ހިމެނެއެެވެ.