logo
banner image

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރެވުނު ހއ. އުތީމުގައި މިއަދު ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުޑަކުދީންގެ ހަވީރެއް ބާއްވައިފިއެވެ. މިއީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި އުތީމު ކައުންސިލާގުޅިގެން އިންތިޒާމުކުރެވުނު ހަރަކާތެކެވެ.

މި ހަވީރުގައި އެމްއެންޑީއެފާއި ނޮދަރން އޭރިއާ ފުލުހުންނާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެހެނިހެން ފަރާތްތަކުން ވެސް ބައެއް ސްޓޯލްތައް ހިމެނިއެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ކުޑަކުދިންގެ މި ހަވީރު، ބައްލަވައިލައްވާފައެވެ. މި ހަވީރުގައި ސަގާފީ ހުށައެޅުންތަކާއި، ދިވެހިންގެ އިހުގެ ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފަހިކުރެވިފައި ވެއެވެ. މީގެ އިތުރުން މި ހަވީރުގައި ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބިދީފައެވެ.

މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ވަނީ ބަހާފައެވެ.