logo
banner image
ދިފާޢީ ވުޒާރާ

އައްޑޫ ސިޓީގެ ބޫޓް ކޭމްޕުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން، ކުލާހެއް ކުރިއަށް ގެންގޮސްފި

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި ބޫޓް ކޭމްޕުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވޯޓަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 23ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުމީދޫގައި ކުރިއަށްދިޔަ މި ކުލާހުގައި 45 މީހަކު ވަނީ ބައިވެރިވެފައެވެ. މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ލައިފް ޖެކެޓް ބޭނުންކުރާނޭ ރަނގަޅު ގޮތާއި، މޫދުގައި ހާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވާނެ ގޮތްތައް ހިމެނެއެވެ.

މި ކުލާސް ނަގައިދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނެވެ.