logo
banner image
ދިފާޢީ ވުޒާރާ

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑު ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

1447ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޖުމްހޫރީމައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބޮޑު ކޯއްޓޭއަށް ދިދަ ނެގީ އެމްއެންޑީއެފްގެ ދިދަ ބިސީންނެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަޞީރު އިބްރާހީމްއާއި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.