logo
banner image

އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި 300 ކަނދުގަސް އިންދައިިފި.

އުތީމު ކަނދުވަލު މިސްކިތް ސަރަހަައްދުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން 300 ކަނދުގަސް އިންދައިފިއެވެ. ޤައުމީ ދުވަހު ހަވީރު ކަނދުވަލު މިސްކިތު ސަރަހައްދުގައި އޮތް މި ޙަރަކާތުގައި، ދިވެހިބަހައި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރަށް ދިވެހި ޤައުމިއްޔަތުގެ ބައެއް އިސްވާރުންނާއި، ވުޒާރާގެ މުޝީރުންނާއި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު ވެސް ކަނދުގަސް އިންދަވައިދެއްވިއެވެ. މީގެ އިތުރަށް އުތީމު ކައުންސިލްގެ ރައީސް، ކައުންސިލްގެ އެހެން މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުން ގަސްއިންދެވިއެވެ.

ކަނދުވަލު މިސްކިތަކީ ޕޯޗުގީޒު އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު ތިންބޭން ކުރެއްވި ހަނގުރާމަ ފަށްޓަވާން އޭގެ ތިންބޭން ވަޑައިގެން އިސްތިޚާރަތުގެ ދެ ރަކްޢަތް ނަމާދު ކުރެއްވި މިސްކިތެވެ. މި މިސްކިތް ހުންނަ ސަރަހައްދުގައި ވަށައިގެން ކަހަލަ ގޮތަކަށް އިހުގައި ބިޔަ ކަނދުގަސްތައް އޮންނަކަމަށްވެއެވެ.

ބަހުގެ ވުޒާރާއިން ވިދާޅުވާ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން މި ސަރަހައްދުގައި މިހާރު ދަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރެވޭ "ވާހަކަވާ" ތަރައްޤީކުރަމުންނެވެ. މިއީ ޒިޔާރަތްކުރައްވާ ކޮންމެ ބޭފުޅަކަށް ވެސް، އުތީމު މަހާރަދުންގެ ޙަޔާތްޕުޅުގެ އުސްއަލިތައް ހިއްސާވާނެ، އެ މަޢުލޫމާތުގެ މައްޗަށް އަހުލުވެރިވެވަޑައިގަތުމުގެ ފުރުސަތެކެވެ.