logo
banner image

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ،ދ،ޝ،ޢ) އަލްފާޟިލް އާދަމް ޢަބްދުއްރަހުމާންއަށް އަރުވައިފި

ދިވެހި ދައުލަތުން ދެއްވާ ޝަރަފު، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ،ދ،ޝ،ޢ) އާދަމް ޢަބްދުއްރަހުމާން ތިލަދުންމަތީ އުތުރުބުރީ އުތީމު/އަލިމަސް (އުތީމު އާދަމްބެ)އަށް އަރުއްވާފިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހުގެ މުނާސަބަތުގައި ތިލަދުނަމަތީ އުތުރުބުރީ އުތީމުގައި ކުރިއަށްދިއަ ރަސްމީ ޖަލްސާގައި އަލްފާޟިލް އާދަމް ޢަބްދުއްރަހުމާންއަށް މި އިޢްޒަތް އެރުއްވީ ދިވެހި ރައްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

އުތީމު އަދަމްބެއަކީ ދިވެހިދައުލަތަށް ދިގުމުއްދަތަށް ޙިދުމަތްކުރައްވައިފައިވާ ފަރާތެކެވެ. މިގޮތުން އުތީމު ކުޑަކަތީބުކަމާއި، ކަތީބުކަމާ، އަތޮޅު ވެރިކަމާއި ބޮޑުތަކުރުފާން ހަނދަނީ މަރުކަޒުގެ މުދީރުކަން ވެސް ކުރައްވައިފައިވެއެވެ. މީގެ އިތުރުން ކުޅަދާނަ ލިޔުއްވުންތެރިއެކެވެ އަދި އެހާމެ މޮޅު ޝާއިރެކެވެ.

މިއަދަކީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ(ނ،ދ،ޝ،ޢ) ވެރިއާ އާދަމް ޢަބްދުއްރަހުމާންއަށް ހުރިހާ ގޮތަކުންވެސް ޙާއްސަ ދުވަހަކަށްވެގެން ދެއެވެ. އެއީ ދައުލަތުން އަރުވާ ޝަރަފުގެ ޢިއްޒަތް މާލޭން ބޭރުގައި އެރުވޭ ފުރަތަމަ ފަހަރައްވެފައި ޤައުމީ ދުވަހުގެ ރަސްމީޖަލްސާ ހއ.އުތީމުގައި ބޭއްވިގެން ދާއިރު ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ(ނ،ދ،ޝ،ޢ) ވެރިއާ އާދަމް ޢަބްދުއްރަޙްމާނަކީ ބޮޑުތަކުރުފާން އެރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޚުރުވެރި އުތީމު ދަރިއަކަށްވީތީއެވެ.