logo
banner image

1447ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައްޔާއި ރާއްޖޭން ބޭރުގައި ދިވެހިރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުބާއްވައިފި.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހުގެ ޙަރަކަތްތައް ފެށުމުގެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައްޔާއި ރާއްޖޭން ބޭރުގައި ދިވެހިރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ދިވެހި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ މިއަދު ހެނދުނު 6:00ގައެވެ. ރާއްޖޭން ބޭރުގެ އެމްބަސީ އަދި ކޮންސިއުލޭޓުތަކުގައި ދިދަނެގުމުގެ ރަސްމިއްޔާތު ކުރިއަށްގެންދެވިފައިވަނީ އެޤައުމަކަށް މިއަދު ހެނދުނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލު މަހުގެ 01 ވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1558ން 1573އަށް ޕޯޗުގީޒުން ރާއްޖޭގައި ހިންގި އަނިޔާވެރި ވެރިކަމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނިމުމެއް ގެންނަވައި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވި ދުވަހެވެ.

މި އަހަރުގެ ޤައުމީދުވަސް ރަސްމީކޮށް ފާޙަގަކުރަނީ ޤައުމީ ބަޠަލުގެ އުފަންރަށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ.