އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާގެ މަންދޫބު މި ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (އެފްއޭއޯ) ގެ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ޝަރަން ވިމްލެންދްރާ، މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށްގެންދާ ޓީސީޕީ-އޭއެފްއޭޑީ ޕްރޮގްރާމްގެ އަދާހަމަ މިނިސްޓްރީގެ އިސްބޭފުޅުންނަށް ވަނީ ދެއްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ ފައިސާ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން އެމަނިކުފަނު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި އެފްއޭއޯގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (ޓީސީޕީ) ކުދި މިންވަރުގެ އަމާޒުކުރެވިފައިވާ މަޝްރޫޢުތައް ހިންގުމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ޤާނޫނު އެކުލަވާލުމަށް އެހީތެރިވުން ފަދަ މުހިންމު އެއްބާރުލުމުގެ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދެފަރާތުގެ އެއްބާރުލުން ވަރުގަދަވެ، ކުރިމަގުގައި ހިންގޭ މަޝްރޫޢުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނެ ކަމަށްވެސް އެމަނިކުފަނު ވިދާޅުވިއެވެ.