އިނގުރު ސައިބޯނި ބޭސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހޭ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ބޭހެއް ބޭނުންކުރުން ވަރަށް މުހިންމު. މި ބަލާލަނީ އިނގުރު ސައިބޯނި ބޭސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
50ގ އިނގުރު
12 މިލިލީޓަރު ދިޔާ ސައިބޯނި
3 ލީޓަރު ފެން
ބޭސް ތައްޔާރު ކުރާނެ ގޮތް
އިނގުރު ހިމުންކޮށް ފުޑާފައި، ފެނާއި އެއްކުރުމަށްފަހު ސައިބޯނި އަޅާ ގިރާލާށެވެ.
އެއަށްފަހު ފުރާނާލާށެވެ.
ބޭނުންކުރާނެގޮތް
ބަލި ޖެހިފައިވާ ގަސްތަކަށް ރަނގަޅަށް ސްޕެރޭ ކޮށްލާށެވެ.
މި ބޭހުން ކޮންޓްރޯލް ކުރެވޭނީ
އެޕިޑްސް
ޕްލާންޓް ހޮޕަރސް
ހުދު ކޫޑި
ނެމަޓޯޑް
މެންގޯ އެންތުރެކްނޯސް
ޔެލޯ ވެއިން މޮސެއިކް