logo
banner image
ތަޢުލީމީ ވުޒާރާ

މި އަހަރުގެ ނޮވެންބަރު/ޑިސެންބަރު މަހު ބާއްވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހަދާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 އޯގަސްޓް 19 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 09 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected],mv އަށް މެއިލް ކުރެވޭނެއެވެ.