logo
banner image
ތަޢުލީމީ ވުޒާރާ

މި އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހު ބާއްވާ އެޗް.އެސް.ސީ އިމްތިޙާނުގެ "ހަޔަރ ލޭޓް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޗް.އެސް.ސީ އިމްތިޙާނުގެ "ހަޔަރ ލޭޓް އެންޓްރީ"ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހަދާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 އޯގަސްޓް 19 ވާ އަންގާރަ ދުވަހުން ފެށިގެން 2025 އޯގަސްޓް 25 އަށްވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected],mv އަށް މެއިލް ކުރެވޭނެއެވެ.