އިސްރަށްވެހިންނަށް ދަނޑުވެރިކަމުގެ ތަމްރީންތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސް ވެރިން، އިސްރަށްވެހިންގެ ނާދީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި.
މި ބައްދަލުވުމުގައި މިވުޒާރާއާއި އިސް ރަށްވެރިންގެ ނާދީ އާއި ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ތަމްރީނުތައް ކުރިއަށް ގެންދެވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމުގައި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އަޙްމަދު ހަސަން ދީދީ އާއި ޑިޕާޑްމަންތަކުގެ އިސްވެރިން ބައިވެރިވިއެވެ. އަދި އިސްރަށްވެހީގެ ހިންގުންތެރިންނާއި މެންބަރުން ބައިވެރިވިއެވެ.
މި ވުޒާރާއިން އަންނަނީ، ޒަމާނީ ދަނޑުވެރިކަމަށް މީހުން ތަމްރީން ކުރުމުގެ ގޮތުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި ތަމްރީން ޕްރޮގްރާމްތައް ހިންގަމުން.