ބަޔޯޕެސްޓިސައިޑް: ކާސިންޖީ ފަތު ބޭސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހޭ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ބޭހެއް ބޭނުންކުރަމާ. މި ފަހަރު މި ކިޔާދެނީ ލެޑިއުސް، ޓޮމާޓޯ އަދި ކެރެޓް ގަސްތަކަށް ޚާއްސަ ބަޔޯޕެސްޓިސައިޑެއް ކަމަށްވާ، ކާސިންޖީ ފަތު ބޭސް ތައްޔާރުކުރާނެގޮތެވެ.
ކާސިންޖީ ފަތު ބޭސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 50ގ ކާސިންޖީ ފަތް( ޗިސްކޮށްފައި)
- 2 ލީޓަރު ފެން
ބޭސް ތައްޔާރުކުރާނެގޮތް
ފެނުގެ ތެރެއަށް ކާސިންޖީ އަޅާފައި ދެތިން ގަޑިއިރު ބެހެއްޓުމަށްފަހު، ފުރާނާލާށެވެ.
ބޭނުންކުރާނެގޮތް
ލެޑިއުސް، ޓޮމާޓޯ، ކެރެޓް، ގަހަށް ސްޕްރޭ ކުރާށެވެ.
މި ބޭހުން ކޮންޓްރޯލް ކުރެވޭ ބަލިތައް
ލީފް ބްލައިޓް
ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތައް