logo
banner image

މި ވުޒާރާއިން 5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް ފަށައިފި

މި ވުޒާރާއިން 5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން މި ވުޒާރާއަށް ހުށަހެޅޭ އާއިލީ މައްސަލަތަކުގައި، ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމާއި، މި ހުނަރުތައް ބޭނުންކޮށްގެން ދިރިއުޅުމުގެ ކަންކަން ހައްލުކުރުން ފަދަ ކަންކަން ދަސްކޮށްދެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ކުދިންނަށް ދިމާވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތާއި، މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުކުޅުތައް ވެސް އުނގަންނައިދެވިގެންދާނެއެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި ޢާއިލާތަކާއެކު ދުޅަހެޔޮ ގުޅުންތައް ޤާއިމްކުރެވިގެން ކަމަށް ވާތީ، އެކަމަށް ބާރުއެޅުމެވެ.