logo
banner image
ތަޢުލީމީ ވުޒާރާ

ބ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި, އިތުރު ވަޞީލަތްތައް ތަރައްޤީކުރަން ޙަވާލުކޮށްފި

ބ. ދަރަވަންދޫ, ބ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި, އިތުރު ވަޞީލަތްތައް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަރަވަންދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮޖެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

މި މަޝްރޫޢުގެ ދަށުން ބ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި, އޮފީހުގެ އިތުރުން 8 ކުލާސްރޫމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބ. އަތޮޅު މަދަރުސާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި ވަނީ 420 ދުވަސްތެރޭގައި ނިންމާގޮތަށް، 22.6 މިލިއަން ރުފިޔާ އަށެވެ.