logo
banner image
ތަޢުލީމީ ވުޒާރާ

ބ. ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފި

ބ. ކިހާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕަރޕަސް ހޯލަކާއި, 4 ކްލާސްރޫމްގެ އިތުރުން ސްޓާފްރޫމް ހިމެނޭ އެކްސްޓެންޝަން ޢިމާރާތެއް ބިނާކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިހާދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ، ސައިންސް ލެބާއި އެނޫންވެސް ވަޞީލަތްތަކާއެކު، ރައްޔިތުން އެދޭ ފެންވަރަށް ސްކޫލް ތަރައްޤީކުރެވޭނޭ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫޢު ނިމުމާއެކު ރަށުގެ ތަޢުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢު ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި ވަނީ 420 ދުވަހުން ނިންމާގޮތަށް، 22.6 މިލިއަން ރުފިޔާ އަށެވެ.