logo
banner image
ތަޢުލީމީ ވުޒާރާ

ބ.ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އެޅުމުގެ މަސައްކަތް ޙަވާލުކޮށްފި

ބ. ހިތާދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތާދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްކޫލް ހޯލް ނިމޭއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ޢިމާރާތް ކުރުމުގެ މަސައްކަތް، ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި ވަނީ 365 ދުވަހުން ނިންމާގޮތަށް، 12.9 މިލިއަން ރުފިޔާ އަށެވެ.