logo
banner image
ތަޢުލީމީ ވުޒާރާ

ބ.ކަމަދޫ ސްކޫލުގެ އާ ޢިމާރާތް އެޅުމުގެ މަސައްކަތް ޙަވާލުކޮށްފި

ބ. ކަމަދޫ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކަމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކަމަދޫ ސްކޫލުގެ އާ ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

ކަމަދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް، ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައި ވަނީ 300 ދުވަހުން ނިންމާގޮތަށް، 5.4 މިލިއަން ރުފިޔާ އަށެވެ.