logo
banner image
ތަޢުލީމީ ވުޒާރާ

އެމްއެމްއޭ ގެ ތަމްވީލު ފިންލިޓް ފެސްޓު ޕްރޮގްރާމު މިނިސްޓަރ ޝަރަފުކޮށްދެއްވައިފި

އެމްއެމްއޭ އިން ވިޔަފާރި އާއި އިޖްތިމާޢި- އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް، ތަމްވީލު ފިންލިޓް ފެސްުޓުގެ ނަމުގައި، 2025 އޮގަސްޓު 10 ވީ އާދީއްތަ ދުވަހު ފެށި ޕްރޮގްރާމު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.

މި ޕްރޮގްރާމުގެ ތެރެއިން 15 މީހަކަށް، އިސްލާމިކް ފައިނޭންސް ދާއިރާ އިން މާސްޓަރސް ފެންވަރަށް ކިޔެވުމަށް، އެމްއެމްއޭ އިން ދޫކުރި ސްކޮލާޝިޕް މިނިސްޓަރ ވަނީ އެ ބައިވެރިންނަށް ޙަވާލުކޮށް ދެއްވާފައެވެ.

ސްކޮލާޝިޕް ގެ ތެރެއިން 5 ސްކޮލާޝިޕެއްގެ ހުރިހާ ޚަރަދެއް އެމްއެމްއޭ އިން ކުރާނެ ކަމަށާއި ބާކީ 10 ސްކޮލާޝިޕްގެ އެއްބައި ދަރިވަރުން އަމިއްލަ އަށް ޚަރަދުކުރަން ޖެހޭނެކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ސްކޮލާޝިޕަށް ހޮވުނު މީހުންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސް ގެ ދާއިރާ އިތުރަށް ހަރުދަނާކޮށް މީހުން ބިނާކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.