logo
banner image

"އަމާޒަކީ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުން"

"އަމާޒަކީ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުން" : މިނިސްޓަރ ޑރ. ޢަލީ ހައިދަރު

އަމާޒަކީ ޒަމާނީ ފެންވަރުގެ ޓްކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ، ޒިންމާދާރު، ޤާބިލް ޖީލެއް ބިނާކުރުންކަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހުވާވޭ ކުންފުނީގެ "ސީޑްސް ފޮރ ދަ ފިއުޗަރ-އިންސްޕަޔަރިންގ ގްލޯބަލް ޓެލެންޓް ޓު ޝޭޕް ދަ ފިއުޗަރ"ގެ ނަމުގައި ކުރައަށްގެންދާ ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަގަފުޅުގައެވެ.

މި ވާހަކަފުޅުގައި، "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގެ ސަބަބުން ދިވެހި ދަޢުލަތުގެ މުހިއްމު ސިޔާސަތެއް ކަމަށްވާ، ޒަމާނީ ޓެކްނޮލޮޖީއަށް ހޭލުންތެރިވެފައިވާ ގާބިލް ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ހަމައެކިނި އުމްރާނީ ތަރައްޤީއަކުން ނުފުދޭކަމާއި، ދިވެހިރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެވޭނީ ޓެކްނޮލޮޖީއަށް ދިރުންދޭ އިންސާނީ ވަޞީލަތްތަށް މެދުވެރިވެގެންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދުގެ ވާހަކަފުޅު ނިންމާލައްވަމުން އެމަނިކުފާނު ވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ-އިންސްޕަޔަރިންގ ގްލޯބަލް ޓެލެންޓް ޓު ޝޭޕް ދަ ފިއުޗަރ" ޕްރޮގްރާމަށް ދިވެހިރާއްޖެ އިން ހޮވިފައިވާ 4 ދަރިވަރުންނަށް މަރުޚަބާ ދަންނަވައި، ޗައިނާގެ ހުވާވޭ ކުންފުނިން ދެއްވި މި ފުރުޞަތަށް ޝުކުރު ދަންނަވައިފައެވެ.