"ސީޑްސް ފޮރ ދަ ފިއުޗަރ 2025" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މިނިސްޓަރ ޑރ. ހައިދަރު ޝަރަފުވެރިކޮށްދެއްވައިފި
"ސީޑްސް ފޮރ ދަ ފިއުޗަރ 2025" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މިނިސްޓަރ ޑރ. ޑައިދަރު ޝަރަފުވެރިކޮށްދެއްވައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު ވަނީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލެވުނު "ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމް އިފްތިތާޙްކުރުމުގެގޮތުން ބޭއްވުނު ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފައެވެ.
"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ފްރޮގްރާމަކީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ބައިވެރިވުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ޕްރޮގްރާމަށް 4 ދަރިވަރުން ވަނީ ހޮވިފައެވެ.
"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ހޮވުނު ދަރިވަރުން:
1. ޒަޔާން އަބްދުﷲ ނާޒިލް- ވިލާ ކޮލެޖް
2. ޔޫސުފް އަޔާން މުސްތާގް- ވިލާ ކޮލެޖް
3. އިޔާން އަޒީޒް- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)
4. އަފާ އިސްމާޢިލް- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް
މި އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މި ޙަފްލާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޗައިނާގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ، ކޮންގ ޒްޝިޔަންހުވާ، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ޑައިރެކްޓަރ، ޗެން ކެޔަންގ އަދި ސީނަޔަރ ލޯކަލް ޕޮލިސީ އެންޑް އެޑްވޮކެސީ އެޑްވައިޒަރ، އާއިޝަތު ޝިފާނާ ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.