logo
banner image
ތަޢުލީމީ ވުޒާރާ

ކިޔަވާކުދިންނަކީ ޤައުމު ކުރިއަށް ގެންދަންތިބި ފަހުލަވާނުން – އެޑިޔުކޭޝަން މިނިސްޓަރ

ޤައުމުގެ މުސްތަޤުބަލް އަދި ޤައުމު ކުރިއަށްގެންދަން ތިބި ފަހުލަވާނުންނަކީ ކިޔަވާކުދިން ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

މުދައްރިސުންނާއި ދަރިވަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން މިނިސްޓަރ ވިދާޅުވީ، ކިޔަވާކުދިންނަކީ ޤައުމާއި, އިސްލާމް ދީން ދެކެ ލޯބިވާ ކުދިންނަށް ވުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 60 ވަނަ މިނިވަން ދުވަހާ ހަމައަށް އާދެވުމުގައި އެތައް ބައެއްގެ ޤުރުބާނީ ހިމެނިގެން ދާނެކަމަށެވެ. އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަށާއި، ޤައުމީ ލޯބި އާލާ ކުރުމަށްޓަކައި އެކި އެކި ބޭފުޅުން ވެވަޑައިގަތީ އަގުވަޒަން ނުކުރެވޭ ފަދަ ޤުރުބާނީއެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.